
އިންޝުއަރެންސް މައްސަލައިގައި މަޖިލީހުން އެލައިޑާއެކު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި
ރާއްޖެއާއި ބޭރު ގައުމުތަކުން ފަރުވާ ހޯދުމުގައި މަޖިލިސް މެންބަރުންގެ ހެލްތު އިންޝުއަރެންސް ބޭނުންކުރަން ދަތިވާ ކަމަށް ބުނެ، އެލައިޑް އިންޝުއަރެންސް ހާޒިރުކުރި އާންމު ކޮމިޓީގެ ބައްދަލުވުން ނޫސްވެރިންނަށް ބަންދުކޮށް ސިއްރުކޮށްފިއެވެ. ކޮމިޓީގެ މުގައްރިރު މުޙައްމަދު ޝާހިދާއި މެންބަރު އިބްރާހީމް ދީދީ ވަނީ މީގެ ކުރީގެ ބައްދަލުވުމުގައި މެންބަރުން ދެއްކެވި ވާހަކަތައް ނޫސްތަކުން އޮޅުވާލައިގެން ރިޕޯޓުކުރި ކަމަށް ތުހުމަތުކުރައްވާފައެވެ. ބޮޑު މުސާރައާއި އިނާޔަތްތައް ލިބޭ މެންބަރުންގެ މަސައްކަތް މަދުވެ، ޖަލްސާތައް ކެންސަލްވާ މައްސަލައިގައި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.






