
ކައުންސިލްތަކުގެ ބިން ސަރުކާރަށް ނެގޭ ބިލާ ދެކޮޅަށް ޕެޓިޝަނެއް
ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލްތަކުގެ އިހުތިސާސުން ބިންތައް ސަރުކާރުން ބޭނުން އިރެއްގައި ވަކިކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުމުން، އެ ބިލާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ. ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި މި ބިލުގައި ކައުންސިލަރުން ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދިނުން މަޖުބޫރުކުރާ ސުލޫކީ މިންގަނޑެއް ވެސް ހިމެނެއެވެ. ޕެޓިޝަންގައި ވަނީ މިއީ ލާމަރުކަޒީ ރޫހާ ހިލާފު ބިލެއް ކަމަށް ބުނެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ.


