
ރާއްޖޭގައި މަސައްކަތްކުރާ ޑޮކްޓަރުންގެ 60 ޕަސެންޓަކީ ބިދޭސީން
ރާއްޖޭގައި މަސައްކަތްކުރާ ޑޮކްޓަރުންގެ 60 އިންސައްތައަކީ ބިދޭސީން ކަމަށް ހެލްތު މިނިސްޓަރު ޤީލާ ޢަލީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ. ސިއްހީ ދާއިރާގައި މަސައްކަތްކުރާ 12,000 އަށްވުރެ ގިނަ މުވައްޒަފުންގެ ތެރެއިން 3,400 އަށްވުރެ ގިނަ މީހުންނަކީ ބިދޭސީންނެވެ. މިނިސްޓަރު ވިދާޅުވީ އަމާޒަކީ ދިވެހި ޚިދުމަތްތެރިން އިތުރުކުރުން ކަމަށާއި، އެގޮތުން ސްޕެޝަލިސްޓު ތަމްރީނަށްފަހު މިއަހަރު 16 ދިވެހި ޑޮކްޓަރަކު އައިޖީއެމްއެޗާ ގުޅިފައިވާ ކަމަށެވެ.

