ކKuruFeethaޚަބަރުތަކަށް

ބައި

ވިޔަފާރި

ބީއެމްއެލްއިން ބޭސްފަރުވާއަށް ދޫކުރާ ޑޮލަރު ތިން ގުނައަށް އިތުރުވެއްޖެ
ވިޔަފާރި

ބީއެމްއެލްއިން ބޭސްފަރުވާއަށް ދޫކުރާ ޑޮލަރު ތިން ގުނައަށް އިތުރުވެއްޖެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭސްފަރުވާއަށް މަހެއްގެ މައްޗަށް ދޫކުރާ ޑޮލަރުގެ އަދަދު ތިން މިލިއަނަށް ވުރެ މައްޗަށް ގޮސް، ތިން ގުނައަށް އިތުރުވެއްޖެއެވެ. "އިގްތިސާދުގެ ދެފަރާތް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓެރެޓަޖީ މުހައްމަދު ސައީދު ވަނީ ބޭންކުން ދުވާލަކު އެވްރެޖްކޮށް 2.7 މިލިއަން ޑޮލަރު ވިއްކަމުންދާކަން ހާމަކުރައްވާފައެވެ. މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ޖުމްލަ 1.7 ބިލިއަން ޑޮލަރު ވަނީ ކަސްޓަމަރުންނަށް ވިއްކާފައެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 22.10 ރުފިޔާއަށް އަރައިފި
ވިޔަފާރި

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 22.10 ރުފިޔާއަށް އަރައިފި

ދިވެހިރާއްޖޭގެ ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރެއްގެ އަގު ރެކޯޑް މިންވަރަކަށް އުފުލި، 22.10 ރުފިޔާއަށް އަރައިފިއެވެ. އެމްއެމްއޭގެ ރަސްމީ ރޭޓަކީ 15.42 ރުފިޔާ ކަމަށްވާއިރު، ފާއިތުވި ދެ އަހަރާ ބައި ތެރޭގައި 17 ރުފިޔާއިން ފެށިގެން ޑޮލަރުގެ އަގު ވަނީ މެދުނުކެނޑި އުފުލިފައެވެ. މީގެ ސަބަބުން މުދާ އެތެރެކުރާ ފަރާތްތަކަށް ގޮންޖެހުންތަކާ ކުރިމަތިވެ، ތަކެތީގެ އަގު ވަނީ ބޮޑުވެފައެވެ. ސަރުކާރުން ބުނަނީ މިއީ ކުރީ ސަރުކާރުން ފައިސާ ޗާޕުކުރުމުގެ ނަތީޖާ ކަމަށެވެ.

އެންމެ ގިނައިން އިންކަމް ޓެކްސް ދެއްކި ފަރުދަކަށް ސިޔާމް
ވިޔަފާރި

އެންމެ ގިނައިން އިންކަމް ޓެކްސް ދެއްކި ފަރުދަކަށް ސިޔާމް

ރާއްޖޭގައި އަމިއްލަ ފަރުދުންގެ ތެރެއިން އެންމެ ގިނައިން އިންކަމް ޓެކްސް ދެއްކި ފަރާތުގެ މަގާމު، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދު ހޯއްދަވައިފިއެވެ. މިދިޔަ އަހަރުގެ ޓެކްސް އިލްތިޒާމްތައް އެންމެ ފުރިހަމައަށް އަދާކުރެއްވުމުން، މީރާއިން ދޭ ޝަރަފުވެރި "ރަންލާރި އެވޯޑް" އޭނާއަށް ވަނީ އަރުވާފައެވެ. މިއީ 2020 ވަނަ އަހަރު އިންކަމް ޓެކްސް ތައާރަފުކުރި ފަހުން މި ކެޓަގަރީން މި އެވޯޑު ދިން ފުރަތަމަ ފަހަރެވެ.

ޚަރަދުތައް އިންތިހާއަށް ބޮޑުވެ، 1.1 ބިލިއަން ރުފިޔާގެ ދަރަނި ނަގަނީ
ވިޔަފާރި

ޚަރަދުތައް އިންތިހާއަށް ބޮޑުވެ، 1.1 ބިލިއަން ރުފިޔާގެ ދަރަނި ނަގަނީ

ދައުލަތުގެ ޚަރަދުތައް އާމްދަނީއަށްވުރެ އިތުރުވެ، މުސާރައާއި އިނާޔަތްތަކަށް އެކަނިވެސް 8.51 ބިލިއަން ރުފިޔާ ހޭދަވެފައިވަނިކޮށް، ސަރުކާރުން އަނެއްކާވެސް 1.1 ބިލިއަން ރުފިޔާގެ ދަރަނި ނަގަން ނިންމައިފިއެވެ. ޚަރަދުތައް ހަމަޖައްސަން ފިނޭންސް މިނިސްޓްރީން ވިއްކާ ހަތަރު ޓީބިލްގެ ތެރެއިން އެންމެ ބޮޑު ޓީބިލުގެ އަގަކީ 535 މިލިއަން ރުފިޔާއެވެ. ބޭރުގެ އިދާރާތަކުން ޚަރަދު ކުޑަކުރަން ގޮވާލަމުންދާއިރު، މިހާތަނަށް ދަރަނި ދައްކަން ވެސް 9.35 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.