ކKuruFeethaޚަބަރުތަކަށް

ބައި

ކުށް

ދެ ކިލޯގެ ރަން އަތުލި ލަންކާ މީހާ، ރާއްޖޭގައި ރަން ރިފައިން ނުކުރެވޭ މައްސަލަ ހައިކޯޓަށް
ކުށް

ދެ ކިލޯގެ ރަން އަތުލި ލަންކާ މީހާ، ރާއްޖޭގައި ރަން ރިފައިން ނުކުރެވޭ މައްސަލަ ހައިކޯޓަށް

ސިއްރުން ރާއްޖެއަށް އެތެރެކުރުމުން ދައުލަތަށް ނެގި ދެ ކިލޯގެ ރަން އަނބުރާ ހަވާލުކޮށް، ޖަލަށްލާފައިވާ ލަންކާ މީހާ މިނިވަންކުރުމަށް ހައިކޯޓުގައި އެދެފިއެވެ. ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ މި މީހާގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި، ރާއްޖޭގައި ރަން ރިފައިން ކުރެވޭނެ ގޮތެއް ނެތި އެއީ ވަކި އެއްޗެއް ކަމަށް ނިންމުމާއި، ޗެއިން އޮފް ކަސްޓަޑީ ނުބެލެހެއްޓުން ހިމެނެއެވެ.